ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތްގޮތް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ނިންމަވާފައިވާކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ވިދާޅުވެއްޖެއެވެ.
މި ދިރާސާ ހަދަން ނިންމާފައިވާކަން ހާމަކުރެއްވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޑީއޭގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވީ މި ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހު މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅެފައިވާައިވާ މީހުން ދެނެގަތުމަށް ފުލުހުންނާއެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން މި ދިރާސާ ހެދުމަށް ނެޝަނަލް ޑްރަގު ކައުންސިލުން އެންޑީއޭއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިކަމަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތްގޮތް ދެނެގަތުމަށް އެންމެ ފަހުން ދިރާސާއެއް ހަދާފައިވަނީ 2012 ވަނަ އަހަރުއެވެ. އޭގެފަހުން މިފަދަ ދިރާސާއެއް ހަދާފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކުންވެސް މަސްތުވާތަކެތީގެ މައްސަލަތައް ހުށަހަޅާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ޑްރަގުގެ ވަބާ އަހަރުން އަހަރަށް މައްޗަށް ދަނީ ދިރާސާ ނަހަދާތީތޯ
ޑުރަގުގެ ހާލަތު ދުވަހެއް ދުވަހަކައް ވަނީއިތުރު މިކަމެއްދެން ހުއްޓުވި ދާނެކަމަކައް ނުފެނޭ ރާއްޖޭގާ މިހާރު އެންމެބާރައް ކުރިއަރާގެންދަނީ ޑުރަގު. ކަރެޕްސަން. މާރާމާރީ. ވައްކަން.