ކާޒާންގައި ކުރިއަށްދާ ބްރިކްސް ސަމިޓްގެ ބައްދަލު ވުމަކީ އެމެރިކާއާ ދެކޮޅަށް މާލީ ނިޒާމު ރުކުރުވާލުމަށް ރަޝިޔާއިން ބޭނުން ކުރާނެ ބައްދަލުވުމެކެވެ. ދުނިޔޭގެ ކުރިއަރަމުން އަންނަ މުހިންމު އިޤްތިސާދުތަކުގެ ވެރިން ވަނީ މިއަދު ރަޝިޔާގެ ކާޒާންގައި ނިމޭ ދެދުވަހުގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައެވެ.

މި ސަމިޓްގައި އެންމެ މުހިންމު ބަޔަކީ، ހަވާސާގެ އަރިމަތީގައި ބާއްވާ ބައްދަލުވުންތަކެވެ. މި ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ޕޫޓިންއާއި ޝީއަކީ މުހިންމު ޝައުގުވެރިކަމެކެވެ. މޯދީއާއި ޕޫޓިންގެ ބައްދަލު ވުމާއި މޯދީއާއި ޝީގެ ބައްދަލު ވުމަކީ ފާހަގަ ކުރެވޭނެ މުހިންމު ބައްދަލުވުންތަކެވެ.

ބްރިކްސް ސަމިޓަކީ، ރަޝިޔާއިން ފާހަގަ ކުރާ ގޮތުގައި ދުނިޔޭގެ އައު ނިޒާމެއް ބައްޓަން ކުރާނެ ސަމިޓެކެވެ.

އިންޑިއާ-ރަޝިޔާ ވަނީ އަހަރީ ސަމިޓު ބާއްވާފައެވެ. މިއީ އިންޑިއާ ބޮޑު ވަޒީރު މިއަހަރުގެ ތެރޭގައި ރަޝިޔާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

އިންޑިއާއަކީ ޔުކްރެއިންގެ ސުލްޙައަށްވެސް ވާހަކަ ދައްކާ ގައުމެކެވެ.

ބްރިކްސް ސަމިޓުގައި މޯދީ އާއި ރައީސް ޝީ ޖިންޕިންގް ބައްދަލު ކުރައްވާނަމަ، ވިޔަފާރިއާއި އިގްތިސާދީ ދާއިރާއަކީ އެޖެންޑާގެ މުހިންމު ބައެއް ކަމުގައި ވާނެ އައިޓަމެކެވެ.

ޗައިނާއާއެކު އިންޑިއާގެ ވިޔަފާރީގެ ޑެފިސިޓް ބޮޑުވަމުންދާއިރު، އިންޑިއާގައި ޗައިނާގެ އިންވެސްޓްމަންޓް އިތުރުކުރުމަށް ޕީއެމް މޯދީ ބާރުއަޅުއްވާނެ ކަމަށް ލަފާ ކުރެވެއެވެ.

ޚާއްސަކޮށް އިންފްރާސްޓްރަކްޗަރ އާއި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައި ޗައިނާގެ އިންވެސްޓްމަންޓް އިތުރުކުރުމަށް އިންޑިއާއިން ބޭނުން ވެއެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގެ ހަމަނުޖެހުން ހައްލު ކުރެވިފައިވާ ކަމަށް ސަމިޓުގެ ކުރިން އިންޑިއާއިން ވަނީ އިއުލާން ކޮށްފައެވެ.