ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް 2 ޒުވާނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހޯދަން އިއުލާންކުރީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އެގޮތުން މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހޯދާ ދެ މީހުންނަކީ އަހުމަދު ރާއިފް، ގަނދަކޯޅިމާގެ / މ. މުލައް، (25އ) އާއި އިސްމާއީލް ޝައިމަން، ގ. ރަންނާޅިގެ / މާލެ، (28އ) ކަމަށެވެ. މި ދެމީހުންވެސް ހާޒިރުކުރެވޭނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ އެމީހުން ހާޒިރު ވާން ޖެހޭނީ މިމަހު 31 ވަނަ ދުވަހުގެ 14:00 އަށްސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ކަމަށެވެ.