ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
މަބްރޫކް ވިދާޅުވީ އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށެވެ.
ނައިބު ރައީސް އެޑްމިޓް ކުރީ ވަރަށް ބޮޑަށް ހުން އައިސްގެން އުޅުއްވާތީ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވިތޯ ބެލުމަށްޓަކައި ނައިބު ރައީސްގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއިރު، ނެގަޓިވް ކަމަށެވެ.