މާލޭ ބާޒާރުގައި ދިވެހި ގިތެޔޮ މިރުހުގެ އަގު ބޮޑުތަނުން ދަށްވެއްޖެއެވެ.

ދިވެހި ގިތެޔޮ މިރުސް ކިލޯއެއް ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަމުން ދަނީ 65 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދުގެ އަގެެއްގައެވެ.

މައިގަނޑު ގޮތެއްގައި ދިވެހި ގިތެރޮމިރުސް ބާޒާރުގައި ވިއްކަނީ ކިލޯއެއް 150 ރުފިޔާއިން މަތީގައެވެ.

މާރުކޭޓް ގޮޅިއަކުން ވާހަކަ ދެއްކި މީހަކު ބުނީ ބާޒާރުގައި މިވަގުތު ގިތެޔޮ މިރުހުގެ އަގު ވެއްޓިގެން މިއުޅެނީ ކަނޑޫދޫ އާއި ލ.އަތޮޅުގެ ރަށްރަށުން ގެންނަ މިރުހުގެ އަދަދު އިތުރުވުމުގެ ސަބަބުން ކަމަށެވެ. އަދި ލަންކާ މިރުސްވެސް މާރުކޭޓުގައި ވިއްކަމުން ދިޔުމަކީ ދިވެހި ގިތެޔޮ މިރުހުގެ އަގު ވެއްޓެން ދިމާވި ސަބަބެއް ކަމަށް މާރުކޭޓް ގޮޅިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މާރުކޭޓު އަގުތައް:

މިރުސް (ކިލޯ) -/100-65 ، ބަށި (ކިލޯ) -/50 ، ބަރަބޯ (ކިލޯ) -/15-25 ، ފަތްކެޔޮ (ކިލޯ) -/30-35 ، ކަންކަން -/3 ، ކިއުކަމްބާ -/30 ، ފިޔާ -/25-20 ، ބަޓާނާ -/35 ، ކޮޕީފަތް (ބޮނޑި، 4 ފަތް) -/10