އެމުވެރި އަރަބި އިމާރާތުގެ ސަލާމަތީ ކަންތައްތަކުގެ ވެރިޔާ އަހްމަދު އައްރައީސީ ވަނީ އިންޓަރޕޯލްގެ ވެރިޔާގެ މަގާމަށް ކުރިމަތި ލައްވާފައެވެ. އިނގިރޭސި ދެ ރައްޔިތަކު ބުނަނީ އަހުމަދު އައްރައީސީ އެމީޙުންނަށް އަނިޔާ ކުރި ކަމަށެވެ.

އިނގިރޭސި ޓެލެގްރާފުން ރިޕޯޓް ކުރިގޮތުގައި މެތިއު ހެޖް ކިޔާމީހަކު ބުނީ އޭނާއަށް 2018ގައި ޖާސުސްކުރިކަމުގެ ތުހުމަތުކޮށް، މަސްތުވާ ކޮކްޓެރިލެއް ކަރަށް އެޅިކަމަށެވެ. އަދި ހަ މަސްދުވަހަށް އެކަހެރިކޮށް ބެހެއްޓި ކަމުގައެވެ. އެއިރު ރައީސީ އަކީ ފުލުހުންނާއި ސަލާމަތީ ކަންތައްތަކަށް މަސްއޫލުވާ ދާޚިލީި ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްއެވެ. ހެޖް އުމުރަށް ޖަލަށް ލާފައި ވަނީ ފަސް މިނެޓްގެ އަޑު އެހުމަކަށް ފަހުއެވެ.

ދެވަނަ މީހާއަކީ އިނގިރޭސި ފުޓްބޯޅަ ފޭނެއްކަމަށްވާ އަހްމަދު އަލީ އެވެ. އަހްމަދު އަލީގެ ކުށަކީ ޤަތަރު ޖަހާފައި ހުރި ޓީޝާޓެއް ލުމެވެ.

މި ދެމީހުންވެސް ވަނީ ރައީސީ ކުރިމަތިލައިގެން މިއުޅޭ މަގާމަށް ކުފޫ ހަމަނުވާކަމަށް ބުނެފައެވެ.