މިހާރު މީސް މީޑިއާގައި ވަރަށް ގިނަ ފަރާތް ތަކަކުން ހިއްސާ ކުރަމުންދާ ވީޑިއޯއެއްގައި ދެކެވޭ ވަރަށް ޢިބުރަތްތެރި ވާހަކަ ކޮޅެކެވެ.

އިންޑިއާގެ ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ މަސައްކަތުގެ ރަސްމީ ވަޤުތު ހަމަ ވުމުން ގެއަށް ދާން ހިނގައިގަތް ތަނުން އެހެން މުއައްޒަފަކު ބުންޏެވެ. "މިއަދުވެސް ބައި ދުވަސް". މިހެން ބުނުމުން ގެއަށް ދާން ހިނގައި ގަތް މުވައްޒަފު އެނބުރި އައިސް އޭނާ އާއި މުޚާތަބު ކުރި މުވައްޒަފު ގާތު އިށީނދެއެވެ. އަދި އޭނާ އާއި ސުވާލު ކުރިއެވެ. ގަނޑިން ކިހާ އިރެއް ހެއްޔެވެ؟ އެނާ ހަގަޑި ބައޭ ބުނުމުން ގަޑި އެބަ ހިނގާ ދޯއޭ ކިޔާފައި ބުނަން ފެށިއެވެ. އަހަރެން ހީކުރީ ގަޑި ހުއްޓުނީ ކަމަށެވެ.

އެއަށްފަހު ވާހަކައާއިގެން ކުރިއަށް ދަމުން އޭނާ ބުނަމުން ގެންދެއެވެ. ކޮންމެ ދުވަހަހެއްގެ ސައުވީސް ގަޑި އިރުން ނުވަ ގަޑިއިރު އަހަރެން މި އޮފީހުގައި ހޭދަ ކުރަމެވެ. އަހަންނަށް ކުރަން ހަވާލުވެފައިވާ މަސައްކަތްތައް ފަރުވާތެރި ކަމާއި ތެދުވެރިކަމާއި އެކު އެ ނުވަގަޑި އިރުގެ ތެރޭގައި ނިންމާލުމަށް ފަހު ގެއަށް ދާން ނުކުތުމުން މި އިވޭ އަޑަކީ މިއަދުވެސް "ބައިދުވަސް" އެވެ. އެހެންނަމަވެސް ރޭގަނޑު ދޭއް ޖަހަންދެން އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން އޮފީހުގެ ވެރިންވެސް ފާހަގަ ކުރެއެވެ. އެއީ އެންމެ އިޚުލާޞްތެރި މުވައްޒަފު ކަމަށް ބަލައި ގަނެއެވެ. ނަމަވެސް އެމީހުން އޮފީހުގެ މަސައްކަތުގައި ހޭދަވަނީ ކިހާ އިރެއްތޯ ބަލައެއް ނުލައެވެ. މި ބައިމީހުން ސުއްޓާ ބްރޭކަށް ބައިގަޑި އިރުނަގައެވެ. ކޮފީ ބުރޭކަށް ބައިގަޑިއިރު ނަގައެވެ. މިހާރު އެންމެ ހޫނު ޚަބަރުތަކުގެ ވާހަކަ ދެއްކުމަށް ބައިގަޑިއިރު ނަގައެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ރޭގަނޑު ދޭއް ޖަހަންދެން އޮފީހުގައި ތިބެފައި ގެއަށް ދެވޭ އިރު އެމީހުނަށް މަސައްކަތުގައި ހަގަޑި އިރުވެސް ހޭދަ ކުރެވުމާއި މެދު ޝައްކެވެ.

އަދި ބައެއް މީހުން މިހާ ލަސްވަންދެން އޮފީހުގައި ތިބެނީ ހިލޭ އިންޓަރނެޓް ބޭނުން ކުރުމަށެވެ. ނުވަތަ ކޮންމެވެސް މީހަކަށް ފޯނެއް ކޮށްލާށެވެ. ނޫނީ އޮންލައިން ޓްރޭޑެއް ކޮށްލާށެވެ. ހަޤީގަތުގައި ލަސްވަންދެން އޮފީހުގައި ތިބުމުން މިވަނީ ކިހިނެއް ހެއްޔެވެ؟ އިންޓަނެޓްގެ ޚަރަދު ބޮޑުވެއެވެ. ކަރަންޓް ބިލް ބޮޑުވީއެވެ.

ނުވިތާކަށް އޯވަޓައިމް ފައިސާ ވެސް ނަގައެވެ. މިއީ އެއްކަލަ ނުވަގަޑި އިރު ތެރޭގައި ކުރަން ޖެހޭ މަސައްކަތް އޮފީހަށް އިޚުލާޞްތެރި މުވައްޒަފުން ނިންމުމުގެ ޚަރަދެވެ. މި މީހުންގެ ނަން ފޮޓޮ އާއިއެކު ނޯޓީސް ބޯޑުގައި ޖަހައެވެ. "ބެސްޓް އެންޕްލޮޔަރ އޮފް ދަ މަންތް"

ނަމަވެސް މި އޮފީހުގެ ހަތަރު ފާރުން ބޭރުގައިވެސް އަހަރެންގެ ދުނިޔެ އެއް ވެއެވެ. އެއީ އަހަރެންގެ އާއިލާއެވެ. ރައްޓެހިންނެވެ. އޮފީސް ނިންމުމަށްފަހު އަނބި މީހާ އާއި އެކު ފިލްމު ބަލާލަން ދިއުމެވެ. ދަރިންނާއެކު އައިސްކްރީމް ބޯލަން ދިއުމެވެ. ރައްޓެހިންނާއި އެކު ކޮފީއަށް ދިއުމެވެ. ނުވަތަ މަހެއް ބާނާލަން ދިއުމެވެ. ނަމަވެސް ބައެއް މީހުންގެ ޙަޔާތުގައި އޮފީސް ނޫން އެހެން ކަމެއް އޮންނަ ހެނެއް ހިޔެއް ނުވެއެވެ. ބައެއް މީހުނަށް އާއިލާ އާއި އާއި ރައްޓެހިންނަށް ވަޤުތެއް ދިނަސް ދެވެނީ ހަފުތާގެ ބަންދު ދުވަހުގައެވެ. މި މީހުން ރިޓަޔަރ ވާއިރުގައި އަނބިދަރިންނާއި އާއިލާ އާއިއެކު ހޭދަކުރި ވަޤުތާމެދު ދެރަވެ ހިތާމަ ކުރަން ޖެހެއެވެ. އަހަރެން އެފަދަ މީހަކަށް ވާކަށް ބޭނުމެއް ނޫނެވެ.

ވަރަށްވެސް ޢިބުރަތްތެރި ވާހަކަ ކޮޅެކެވެ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢާއި ވެސް ގުޅުން ހުރި ބަސްކޮޅެކެވެ.