ބިދޭސީ މަސައްކަތްތެރިން އިތުރު ކުރުމަށް ކޮރެއާ އިން ކުރާ މަސައްކަތުގައި ބަސް ދުއްވަން ބޭރު މީހުން ވަޒީފާއަށް ގެނައުމަށް ވސްނަމުންދާ ކަމަށް ބުނެފިއެވެ.
ސޯލް މެޓްރޮޕޮލިޓަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމެއް ވަޒަންކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބަރ އިން ވަނީ އިއުލާންކޮށްފަ އެވެ.
ދެކުނު ކޮރެއާގައި ބަސް ޑްރައިވަރުންގެ ތަދުކަމެއް ކުރިމަތި ވެފައި ވެއެވެ. ވެރިރަށުން ވަނީ ބަސް ޑްރައިވަރުން ވަޒީފާއަށް ގެނެވޭ ގޮތަށް އިމިގްރޭޝަން ޕޮލިސީ ބަދަލު ކުރުމށް އެދިފައެވެ.