ރޭޕްކޮށް މަރާލި 19 އަހަރުގެ އަންހެން ކުއްޖާ އަންދާލި މައްސަލާގައި އަޑު އެހުމެއް ބޭއްވުމަށް އިލާހްއާބާދު ހައިކޯޓުން ނިންމައިފިއެވެ. މި އަޑު އެހުމަކީ މިކަން ހިނގާފައިވާ ގޮތް ބެލުމަށް ކޯޓުން އިސްނަގައިގެން ބަލާ ސުއޯ މޯޓޯ މައްސަލައެކެވެ. މީގައި އާއިލާއިން މިކަމުގައި ބުނާ އެއްޗެއް ކޯޓުން އަހާނެއެވެ.

މަތީ ފަންތީގެ ހަތަރު މީހަކު ވެގެން އަނިޔާވެރިގޮތަކަށް ރޭޕްކުރުމަށްފަހު މަރާލި އަންހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަސްފަތާލުން ދޫކޮށްލުމުން ފުލުހުން ވަނީ އަވަށް އަވަހަށް ރޭގަނޑުގެ ވަގުތެއްގައި އަންދާލާފައެވެ. އާއިލާއިން ބުނަނީ އެމީހުންނަށް ޖަނާޒާގެ ކަންކަން ކޮށްލުމަށް ފލުހުން ވަގުތުވެސް ނުދިން ކަމަށެވެ.

ދެ ގާޒީންގެ ބެންޗަކުން މިމައްސަލަ ބަލާނީ އޮކްޓޯބަރު 12 ވަނަ ދުވަހުއެވެ.

ކޯޓުން ބުނިގޮތުގައި މި ކަމުގައި ފުލުހުން މިމީހާގެ އަސާސީ ހައްގަށް އުނިކަމެއް އަންނަ ކަމެއް ކޮށްފައިވޭތޯ ބަލާނެއެވެ. އަދި މައްސަލަ ބެލުމަށްފަހު އިތުރަށް ތަހުގީގު ކުރަން ޖެހޭނަމަ އެކަމަށްވެސް ހުށަހަޅާނެ ކަމަށެވެ.

އިތުރަށް ކިޔާލަން: ހާތްރާސްގައި އެއްވެ އުޅުން މަނާކޮށްފި

ދަނޑުގައި ހުއްޓާ އަންހެނަކު ރޭޕްކޮށްފި

ހާތްރާސް އަވަށުގެ ރޭޕްކޭސްގެ ސުއޯ މޯޓޯއަށް އަމުރު ފޮނުވާފައިވާ މީހުންގެ ތެރޭގައި ޔޫޕީގެ އެޑިޝަނަލް ޗީފް ސެކެޓްރީއާއި ފުލުހުންގެ ވެރިޔާއާއި އެ ސަހަރުގެ އިސް މަސްއޫލުވެރިން ހިމެނެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު އެހެން ޚަބަރުތަކުގައި ސޫރަތުގެ ގާނޫނީ ވަކީލުން އެދިފައިވަނީ މި މައްސަލަ ސީބިއައި އިން ތަހުގީގު ކުރުމަށެވެ.

އާއިލާގެ ރުހުމާ ނުލައި ކުއްޖާ އަންދާލާފައިވާ މައްސަލާގައި ވެސްޓްބެންގޯލްގެ ޗީފް މިނިސްޓަރ މަމްތާ ބެނަރޖީ ވަނީ ފާޑު ވިދާޅުވެފައެވެ.

ހާތްރާސް އަވަށަށް ރާހުލް ގާނދީ ވަޑައިގަތުމުން ފުލުހުން އޭނާއާ ދެކޮޅަށް ބާރު ބޭނުން ކޮށްފައި ވުމުން ޔޫޕީ ކޮންގްރެސްއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.