މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ވަނީ "ކަޝަވަރު ޕްރޮމޯ 2024" ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށާފައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ޑިސެމްބަރު އިން ފެށިގެން 31 ޑިސެމްބަރު 2024 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި އޮޑިދޯނިފަހަރަށް ބޭނުންކުރާ ސާމާނަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ. މީގެ ތެރޭގައި ޔަންމަރ، ސުޒުކީ މެރިން، ކާސްޓްރޯލް، ޕީޕީޖީ އަދި ނަކަޝިމާ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ 5000 ރުފިޔާގެ ޚަރަދަކަށް ޚާއްޞަ ކޫޕަނެއް ލިބޭނެކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ. ޕްރޮމޯޝަންގެ އެންމެ ބޮޑު ސަޕްރައިޒަކީ މުޅި ޕްރޮމޯގެ ގުރުއަތުން ހޮވޭ ފަރާތަކަށް 60 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެކެވެ. މި އިންޖީނުގެ އަގަކީ 100،000 ރުފިޔާއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް އެމްޓީސީސީގެ ކަޝަވަރު ފިހާރައަށް ޒިޔާރަތްކުރުމަށް ނުވަތަ 1650 ނަންބަރަށް ގުޅުމަށް އެމްޓީސީސީ އިން ވަނީ އެދިލައްވާފައިއެވެ.