ބ. ކަމަދޫ ޕޮލިސް ޕޯސްޓުން އެރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
އިއްޔެ ހަވީރު ހިންގި ހޭލުންތެރިކުރުމުގެ މި ޕްރޮގްރާމަކީ ކަމަދޫގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމުގެ ތެރެއިން ފުލުހުން ވަނީ ކަމަދޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި އެކި ފިހާރަތައް ހިންގާ ފަރާތްތަކާ ބައްދަލުކޮށް، ސްކޭމް މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ފޭކް ސްލިޕް ފޮނުވާ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.