އާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަށް އޭނާ މިއަދު އިންކާރުކުރައްވައިފި އެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފަށާފައިވަނީ މިިދިޔަ ޖެނުއަރީމަހުގެ 31 ވަނަދުވަހުއެވެ. މައްސަލައިގެ ލިޔެކިޔުންތައް ލިބިފައި ނުވާކަމަށް ބުނެ އެދުވަހުގެ ޝަރީއަތުގައި އަބްދުއްރަހީމް ދައުވާއަށް ޖަވާބުދާރީވެޑައިގެންފައެއް ނުވެއެވެ.

މި މައްސަލާގައި މިއަދުގެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ޢަބްދުﷲގެ ވަކީލު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ ދައުވާއަށް އަބްދުއްރަހީމް އިންކާރުކުރައްވާކަމަށެވެ. އަދި ޤާނޫނުގައި ބުނާ އެއްޗަކާއި ކޮށްފައިވާ ދައުވާ ދައުވާއަކާއި ސާފު ނުވާކަމަށްް ބުނެ ބައެއް ސުވާލުތައް ވަނީ އުފައްދާފައެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުންވެސް ހެކި ހުށަހެޅުމެވެ.