ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކީ، 2024 ޑިސެންބަރު 9 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 58 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ، ސައިބަރ ކްރައިމަކީ ގަނޫނުން ކުށެއް ކަމުގައި ކަނޑައަޅައި، އަންނަނިވި ކުށްތައް ސައިބަރކްރައިމްގެ ގޮތުގައި ގާނޫނުލްއުގޫބާތަށް އިތުރުކުރުމެވެ.

  1. ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
  2. ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުން
  3. ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުން
  4. ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުން
  5. ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން
  6. ސައިބަރ ވަޔަލަންސްގެ އަމަލުތައް
  7. ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
  8. ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
  9. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، އަމަލުކުރަން ފަށައިފައެވެ.