އިންޑިއާގެ މައްޝޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސާއިނާ ނެހުރުވާސްގެ ކުޅިވަރުގެ ޙަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމު "ސައިނާ" މިމަހު ބޮޑު ސްކްރީނަށް ގެންނަން ތައްޔާރުވެއްޖެއެވެ.

މި "ބަޔޮ ޕިކް" ގައި ސާއިނާގެ ބައި އަދާކުރަނީ ޕަރުނިތީ ޗޯޕްރާއެވެ. އަމޯލް ގުޕްތާ ލިޔެ ޑަރެކްޓްކްރި މި ފިލްމަށް، ސާއިނާގެ ސަޕޯޓަރުންގެ ވަރަށް ބޮޑު އެއްބާރު ލުމެއް ލިބުނު ކަމަށް ވެއެވެ. މީގެ އިތުރަށް ފިލްމު ތަކަށް ލޯބިކުރާ ފަރާތްތަކާއި ކުޅިވަރުގެ ދާއިރާގެ ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބުނެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޮންލައިންކޮށް ރިލީޒްވި މި ފިލްމަށް ވަރަށް ގިނަ ބައެއްގެ ސަޕޯޓް ލިބުނެވެ. މަދު ބައެއް ބުނާ ގޮތުގައި ކުޅުމުގެ ސާރވީސްތައް ބޮޑަށް ވައްތަރީ ޓެނިސް ކުޅޭއިރު ކުރާ ސާރވް ތަކާއެވެ.

މި ފިލްމުގެ ޕޯސްޓަރަށްވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ. ޕޯސްޓަރު ޑިޒައިން ކުރި ރާހުލް ނަންދާ ބުނާގޮތުގައި ވައިގެ ތެރޭގައި ވާ ބޯޅަ އަކީ ސާއިނާ އެވެ. އަދި ޤައުމީ ކުލަތަކުން ރަމްޒުކޮށްދޭ އަތުން ދޭހަކޮށްދެނީ ސާއިނާ ފަދަ ކާމިޔާބީއަށް މަސައްކަތްކުރާ އިންޑިޔާގެ އަންހެން ކުދިންނެވެ. ފިލްމު އިންޑަސްޓްރީގެ ނަންހިނގާ ބައެއް ފަރާތްތަކުންވެސް މި ޕޯސްޓަރަށް ތަޢުރީފު ކޮށްފައިވެއެވެ. މިގޮތުން ފަރުހާން އަޚުތަރާއި އަތުލް ކަސްބޭކަރުފަދަ އެތައް ބަޔަކު ހިމެނެއެވެ.

ޕަރުނިތީ ޗޯޕުރާ މި ފިލްމުގައި އަދާކޮށްފައިވާ ރޯލަށް ވަރަށް ގިނަ ބެލުން ތެރިންގެ ތަރުޙީބު ލިބުނެވެ. ޕަރިނިތީ މި ފިލްމުގައި ސައިނާގެ ރޯލް ކުޅެފައިވާ ފުރިހަމަ ކަމާ މެދު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ތަޢުރީފު ކުރިއެވެ. އަދި ކުޅިވަރުގެ ދާއިރާގެ ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުޙިބު ޕަރިނިތީއަށް ލިބުނެވެ.

ފިލްމު "ސައިނާ" އަކީ ޓީ ސީރީޒްގެ ގުލްޝަން ކުމާރު އެންޑް ކްރިޝަންކުމާރު "ފުރަންޓް ފުޓް ޕިކްޗާރސް" އިން ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ 26 މާރިޗް 2021 ގައެވެ.