ތައިލެންޑްގައި ކޮރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރައްވާ އިދާރާގެ ވެރިޔާ، ވީޗާ މަހާކުމް ސަރުކާރަށް ހުށަހަޅުއްވާފައިވަނީ، ފުލުހުންނާއި ބެހޭ ގާނޫނާއި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ކޮށް ތަހުގީގީ އިދާރާތކުން އެއް އުސޫލަކުން އަމަލުކުރުމަށް ގާނޫނުތައް އެއް ގޮތް ކުރުމަށެވެ.

މި ހުށަހެޅުންތައް މި ގޮތަށް އައިސްފައިވަނީ ތައިލެންދްގައި މަޝްހުރުވެފައިވާ "ރެޑްބުލް" މައްސަލާގައި ތަހްގީގުގައި ފުލުހުންގެ ނަޒާހަތްތެރިކަން ނެތުމާއި މައްސަލާގެ ހެކިތަކާ ކުޅެލައި، ހަގީގަތް އޮޅުވާލުމުގެ ފުރުސަތު އެމީހުންނަށް ލިބި ދެވޭ ގޮތަށް ކަންކަން ހަމަޖެހިފައި ހުރުމުން އެކަމާ ގުޅިގެން ތައްޔާރު ކުރި ދިރާސާއެއްގައެވެ.

ހަތަރު ސަފްހާގެ މި ދިރާސާ ތައްޔާރުކޮށްފައި ވަނީ 2012ގައި ހިނގާފައިވާ "ރެޑްބުލް"ގެ މައްސަލަ އަލުން ތަހުގީގު ކުރުމާ ބެހޭގޮތުން ބޮޑު ވަޒީރު، ޕްރަޔޫޓް ޗާން އޯ ޗާ އެންގެވުމުންނެވެ.

ފަސްމަންޒަރު:

ރެޑްބުލް އަކީ ރާއްޖޭގައިވެސް ޒުވާނުންގެ މެދުގައި މަގްބޫލު ހަކަތަ ލިއްބައިދޭ ކަމަށް ބުނާ ބުއިމެކެވެ. އިޝްތިހާރުގެ މޮޅު އުކުޅުން ސިކުނޑިއާ ކުޅެލާ، ރެޑްބުލްއިން ވަރުޖައްސައިދީ، ސަމާލުކަން ގަދަކޮށްދޭ ކަމަށް ބުނެ ލަންޑަންގެ ސަބްވޭގައި ކޮށްފައިވާ އިޝްތިހާރަކާ ދެކޮޅަށް ޔޫކޭ އިޝްތިހާރާ ބެހޭ ކަންކަން ބަލަހައްޓާ އިދާރާއިން ބުނެފައިވަނީ އެއީ އޮޅުވާލުމެއް އެ އިޝްތިހާރު ނަގަން ޖެހޭނެ ކަމަށެވެ.

ކިޔާލުމަށް: ވިލާތު ބަހުން

ރެޑްބުލްއަކީ، ތައިލެންޑްގައި ޗާލިއޯ ޔޫވީޑްޔަ 1976ގައި އުފެއްދި ބުއިމެކެވެ. ތައިލެންޑްގެ ލޮރީ ދުއްވާ މީހުންގެ މެދުގައި މިވެގެން ދިޔައީ މަގްބޫލު ބުއިމަކަށެވެ. މި ބުއިން ތައާރަފްވެގެން އޮސްޓްރިއާގެ މީހެއްކަމަށްވާ ޑެއިޓްރިކް މާޓޭޝިޓްޒް، ތައިލެންޑަށް އައިސް ޗާލިއޯއާއެކު ޑީލްއެއްހަދައި 1984ގައި އޭނާ އޮސްޓްރިއާގައި މި ބުއިން އުފައްދަން ކުންފުންޏެއް ހެދީއެވެ. ރާއްޖެއަށް އަންނަ ރެޑްބުލް އަންނަނީ މިތަނުންނެވެ.

2012ގައި ޗާލިއޯ ވަނީ މަރުވެފައެވެ، މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި ފަސް ބިލިއަން ޑޮލަރު އޮތެވެ.

މާޓޭޝިޓްޒްއަކީ ބިލިއަނަރެކެވެ. މިއަހަރުގެ ޖުލައިއާ ހަމައަށް އޭނާގެ މިލްކިއްޔާތުގައި 20 ބިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ. ދުނިޔޭގެ 40 ވަނަ ސާދާގަރެވެ.

ނުތަނަވަސްކަން:

ތައިލެންޑް ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރެޑްބުލް ކޭސް ކުރިއަށް ނުގޮސްގެން އުޅެނީ އޭގައި ނުކިއްސަރުކޮށް ކަންކަން ހިނގާ ފައިސާގެ މުއާމަލާތްތަކެއް ހިނގާފައި ވާތީއެވެ.

ބެންކޮކް ޕުލުހުންގެ ވެރިޔާ ޗަކްޓިޕްވެސް ހައިރާންކަމާއެކު މީޑިއާގައި ސުއާލު ކުރައްވާފައި ވަނީ ރެޑްބުލް މައްސަލަ މިހާ ދިގުލައިގެން ދަނީ ކީއްވެގެން ހެއްޔެވެ؟

ޗާލިއޯގެ ކާފަ ދަރިފުޅު ވޯރާޔޫތު ޔޫވީދްޔަ: 175 މޭލު ބާރު މިނުގައި ދުއްވި

ރެޑްބުލް ކޭސްގައި ވެގެން އުޅެނީ ކިހިނެއް:

މިމައްސަލައަކީ ޗާލިއޯގެ ކާފަ ދަރިފުޅާ ގުޅޭ މައްސަލައެކެވެ. ކާފަ ދަރިފުޅު ވޯރާޔޫތު ޔޫވީދްޔަ، ބާރަށް ކާރެއް ދުއްވާފައި ގޮސް މުޑިއެރުމުގެ ސަބަބުން 2012 ސެޕްޓެމްބަރު 3 ގައި ފުލުހުންގެ އޮފިސަރަކު މަރުވިއެވެ. މި އެކްސިޑެންޑް ކޮށްލާފައި އޭނާ އެތަނުން ފިލައިގެން ދިޔައީއެވެ. މިއަދާހަމައަށްވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. ސަބަބަކީ ބާރަށް ދުއްވާފައި ގޮސް ހިންގި އއެކްސިޑެންޓްގައި ދައުވާ ކުރުމަށް ގާނޫނުގައި ބުނާ މުއްދަތު 2013 ސެޕްޓެމްބަރަށް ހަމަވިއިރުވެސް ދައުވާ ކޮށްފައި ނުވުމެވެ.

އޭނާގެ މައްޗަށް 20 އަހަރުގެ ހުކުމެއް އަންނާން ޖެހެއެވެ. އެއީ، ބާރަށް ދުއްވާފައި މީހަކު މެރުމަށް 15 އަހަރާއި އެކްސިޑެންޓްގައި ހަލާކަށް ހުށަހެޅުނު މީހާއަށް އެހީ ނުވުމުން ލިބޭ 5 އަހަރެވެ.

ކެމެރާތަކުން ދައްކާ ގޮތުން އެސޮރު ދުއްވީ، ގަޑިއަކު 175 މޭލު ބާރު މިނުގައެވެ.

މިހާދިސާގައި އެކްސިޑެންޓް ވި ކާރު

ސަރުކާރުން ބުނާ ގޮތުގައި އޭނާ ހުރީ ކާރު ދުއްވި ވަގުތު ޑްރަގްވެސް ބޭނުން ކޮށްފައެވެ.

އެހެންވެ ޖުމުލަ ތިން ދައުވާއެއް އޭނާގެ މައްޗަށް ހިންގަން ތާއީ ސަރުކާރުން މިހާރު ބޭނުންވެއެވެ.

ރެޑްބުލް އާއިލާއަކީ ތައިލެންޑްގައި ދެވަނައަށް އެންމެ މުއްސަނދި ނުފުޒު ގަދަ އާއިލާއެވެ.