އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ލިބުނު ކާމިޔާބީއެއްގައި، ނިއުކްލިއާ ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ހުއްދަ ދިނުމުގެ ގޮތުން އިންޑިއާގެ ކުންފުނިތައް އެމެރިކާގެ ބްލެކްލިސްޓުން އުނިކުރުމަށް ނިންމައިފިއެވެ.

މިކަން ހަމަޖެހިގެން ދިޔައީ ނިއުދިއްލީގައި މިއަދު އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ޑޮވަލްއާއި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލިވަން ގެ ބައްދަލު ކުރެއްވުމުގައެވެ.

އެމެރިކާއިން ކުރިން ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި، އިންޑިއާގެ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އިންދިރާ ގާންދީ އެޓޮމިކް ރިސާޗް ސެންޓަރާއި ބާބާ އެޓޮމިކް ރިސާޗް ސެންޓަރު ވެސް ހިމެނުނެވެ.

އެމެރިކާ ނުވަތަ އެމެރިކާގެ އެކުވެރި ގައުމުތަކާއެކު ނިއުކްލިއާ ހަކަތައިގެ ދާއިރާއިން ވިޔަފާރިކުރުން މަނާކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުން އިންޑިއާގެ ބައެއް ކުންފުނިތައް ދެން އުނިވެގެން ދާނެއެވެ. އިންޑިއާއިން ބުނެފައި ވަނީ މިއީ، އިންޑިއާ އާއި އެމެރިކާގެ މަދަނީ ނިއުކްލިއާ ގުޅުންތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

އިންޑިއާގެ ކުންފުނިތައް މަނާކޮށްފައިވާތާ މިހާރު 10 އަހަރު ވެއްޖެއެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ވިދާޅުވީ ސިވިލް ނިއުކްލިއާ ދާއިރާގައި އެއްބާރުލުން ދިނުމަށް ފުރުސަތު ދިނުމަށް އެމެރިކާއިން ކުރިން އިންޑިއާގެ ނިއުކްލިއަރ ޕްރޮގްރާމަށް އަޅާފައި ހުރި ހުރިހާ ހުރަސްތަކެއް ނައްތާލައި އިންޑިއާގެ ކުންފުނިތައް ހުއްދަ ކުރުމަށް ކުރަން ޖެހޭ ކަންކަން އެމެރިކާއިން ކުރާނެ ކަމަށެވެ.

އިންޑިއާ އާއި އެމެރިކާއިން 2006 ވަނަ އަހަރުގެ މާޗް މަހު ސިވިލް ނިއުކްލިއާ ކޯޕަރޭޝަން އެގްރީމަންޓްގައި ސޮއިކުރި ނަމަވެސް އެމެރިކާއިން އިންޑިއާއާ ދެކޮޅަށް ފިއްތުމަށް ވަސީލަތެއްގެ ގޮތުގައި އިންޑިއާގެ ކުންފުނިތައް ބްލެކްލިސްޓް ކޮށްފައި ބާއްވާފައި ވެއެވެ.