ޓެކްނޮލޮޖީގެ ރޮނގުން އެމެރިކާއާ ވާދަ ކުރާ ކުންފުނިތަކުގެ ވަރަ ކޮށާލުމަށް ކުރާ މަސައްކަތުގައި ޓިކްޓޮކްގެ މައި ކުންފުނީގެ އަގު ވައްޓާލުމަށް އެމެރިކާއިން ލިސްޓު ކޮށްފިއެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ގެން ގުޅޭ ވާދަވެރިކުންފުނިތައް ހިމެނޭ ލިސްޓު އަދާހަމަ ކުރިއިރު، ޗައިނާގެ ޓެންސެންޓާއި އެންމެ ބޮޑު ބެޓެރީ އުފައްދާ ކުންފުނި ސީއޭޓީއެލް ވެސް ވަނީ އެ ލިސްޓުގައި ހމަނާފައެވެ. ޓެންސެންޓަކީ ވީޗެޓާއި ޓިކްޓޮކްގެ މައި ކުންފުންޏެވެ.

އެމެރިކާއިން ބުނެފައި ވަނީ މިއަދު ލިސްޓު ކުރި ކުންފުނިތަކަކީ، ޗައިނާގެ ސިފައިނަށް ސީދާކޮށާއި ނުސީދާކޮށް ވާގިވެރިވާ ކުންފުނިތައް ކަމަށެވެ.

ޓެންސެންޓުން ބުނެފައި ވަނީ އެމެރިކާއިން އެކުންފުނީގެ ނަން ހުތުރު ކުރުމަށް ލިސްޓުކުރުމަކީ އޮޅުމެއް ކަމަށެވެ.

އެމެރިކާގެ ފިޔަވަޅާއެކު، ޗައިނާގެ ސުޕަ އެޕް ވީޗެޓްގެ ވެރިޔާ ޓެންސެންޓްގެ ހިއްސާ ހޮންކޮންގުގެ ހިއްސާގެ ބާޒާރުގައި %6.5 ދަށަށް ދިޔައެވެ. އަދި ސީއޭޓީއެލްގެ ހިއްސާތައް ޝެންޒެންގެ ހިއްސާގެ ބާޒާރުގައި %3 އަށް ވުރެ މައްޗަށް ދިޔައެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން އަހަރަކު އެއްފަހަރު އަޕްޑޭޓް ކުރާ 1260އެޗް ލިސްޓަކީ އެމެރިކާއާ ވާދަޖަހާ ޗައިނާގެ މަތީ ފެންވަރުގެ ޓެކްނޮލޮޖީގެ ކުންފުނިތައް ނުބައި މީސްކުރުމަށް ބޭނުން ކުރާ ލިސްޓެކެވެ. މިލިސްޓުން ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެއެވެ. ނަމަވެސް ކުންފުނީގެ އަގު ވެއްޓިގެންދާނެއެވެ.