ބޮލީވިޑްގެ ތަރި ސަވަރާ ބާސްކަރު އަދި ފިރިމީހާ ފަހަދު އަހުމަދު ވަނީ އެމީހުންގެ އެއް އަހަރު ވެފައިވާ ދަރިފުޅާއެކު ކައްވާލީ ކިޔުމުގެ ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ.
ރައްޓެއްސެއްގެ ކައިވެންޏަކަށް ސަވަރާ އިންތިޒާމު ކޮށްދިން ކައްވާލީ ސެޝަންގައި ދަރިފުޅު ރާބިޢާ ގޮވައިގެން ދެމަފިރިންވެސް ވަނީ އެކުގައި ކައްވާލީ ކިޔައި ހަދާފައެވެ.
ސަވަރާއަކީ ނޫސްމަޖައްލާތަކަށް ލިޔެ އުޅޭ މީހެކެވެ. ނަމަވެސް ރާބިޢާ ލިބުނާ ގުޅިގެން އަދި ދިރިއުޅުގެ ކަންކަން ހަމައަކަށް ނޭޅޭތީ ނުލިޔެވެނީ ކަމަށް ސަވަރާ ބުނެއެވެ.