ދުބާއީގެ އަގުބޮޑު ރެސްޓޯރެންޓެއްގައި މީރުކޮށް ކާން އިންދައި، ޖޯޖިޔާގެ 2 އެމްޕީން އައިސް އެމީހާގެ ގައިގައު ތަޅައިގެންފިއެވެ. މި މީހާއަކީ ރަށުގައި މި ދެ އެމްޕީންނާ ދެކޮޅަށް ވާހަކަ ދައްކައި ދެކޮޅުވެރިކަން ދެއްކި މީހެކެވެ.
މި ދެމީހުންގެ ބޮކްސިން ޕަންޗުތަކުން އެމީހާ ސަލާމަތް ކޮށްދިނީ ކާން ވަދެ ތިބި މީހުންނެވެ.
މީސްމީޑއާގައި މި ވާހަކަ ހިއްސާ ކުރި މީހުން މަލާމާތް ކުރަމުން ބުނެފައި ވަނީ އެއީ ހުޅަނގުގެ ހަޟާރާގެ ވައްތަރެއް ކަމަށެވެ.
ޖޯޖިޔާގައި ރައީސަކަށް ހޮވާފައި ވަނީ ފުޓުބޯޅަ ކުޅުންތެރިއެކެވެ. ގައުމު އޮތީ ޔޫރަޕަށް ސަޕޯޓޫ ކުރާ ބަޔަކާއި ރަޝިޔާއަށް ސަޕޯޓު ކުރާ ބައެއްގެ މެދުގައި ބައިބައިވެފައެވެ.