ބީޓްރޫޓް (ރަންގުމޫ) އަކީ އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ތަރުކާރީއެކެވެ. އެގޮތުން އޭގައި ހިމެނޭ ޑައިޓަރީ ނައިޓްރޭޓް ގެ ސަބަބުން ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާ މިންވަރު އިތުރުކޮށްދެއެވެ. އަދި މިނޫންވެސް އެތައް ފައިދާއެއް ބީޓް ރޫޓް ނުވަތަ ރަންގުމޫ އިން ލިބެއެވެ. މި ތަރުކާރީ އެކި ގޮތްގޮތަށް އަހަރެމެންގެ ކެއުމުގައި ބޭނުން ކުރެވިދާނެއެވެ.
"ހަފްތާގެ ރަހަ" ގައި މި ގެނެސްދެނީ "ބީޓްރޫޓް(ރަންގުމޫ) ރޮށި ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާތަކެތި· 3މޭޒުމަތީ ސަމްސާ ބީޓްރޫޓް ޕިއުރީ(އާވިން މަޑުކުރުމަށްފަހު)
· ދެއިނގިލިކުރިން ހިފޭވަރުގެ މުގުރި ދިރި
· 6 މޭޒުމަތީ ސަމްސާ ގޮދަންފުށް
· 1/2 ސައިސަމްސާ ޒައިތޫނި ތެޔޮތައްޔާރުކުރާނެ ގޮތް· ބީޓްރޫޓް ޕިއުރީ،ފުށް،ތެޔޮ އަދި ދިރިކޮޅު އެއްކޮށްލުމަށްފަހު ރަގަޅަށް ބޮޑެލާ
· ފުއްގަޑު މާ ހިކިނަމަ ފެންފޮދެއް އަޅައި، އަދި ފުއްގަޑު ދިޔާވާނަމަ ކުޑަ ފުއްކޮޅެއް އަޅާލާ.
· ރޮށި ފިހުމަށްޓަކައި ގުޅަވަށާލާ
· ތުނިކޮން ދެމުމަށްފަހު ރޮށި ފިހެލާމި ރެސިޕީގައި ހިމެނޭ ބާވަތްތަކުގައި ހިމެނޭ ފައިދާ· ހަކަތަ- 189 ކލ
· ޕްރޮޓީން- 5.3 ގ
· ފެޓް- 2.8 ގ
· ޕޮޓޭސިއަމް- 99 މގ
https://sarukaaru.gov.mv/articles/6682