އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް އިންތިޚާބު ނުވިނަމަ، އޭނާ ހުންނާނީ ޖަލުގައެވެ. އެމެރިކާގެ ރިއާސީ އިންތިޚާބާ ގުޅިގެން އުފެދުނު ހަމަނުޖެހުން ތަހުގީގު ކުރެއްވި ހާއްސަ ވަކީލު ޖެކް ސްމިތު ވިދާޅު ވަނީ ރިއާސީ އިންތިޚާބުގެ ނަތީޖާ އޮޅާލުމުގައި ޓްރަމްޕް ޖިނާއީ އަމަލު ހިންގާފައިވާ ކަން ސާބިތުވާ ކަމަށެވެ. ނަމަވެސް އޭނާ ނޮވެމްބަރު މަހު އިންތިޚާބު ކާމިޔާބު ކުރުމުން މައްސަލަ ޝަރީއަތަށް ނުފޮނުވީ ކަމަށް ޓްރަމްޕްގެ ޖަރީމާތަކާ ބެހޭ ރިޕޯޓު ޝާއިއުކުރައްވަމުން ސްމިތު ވިދާޅުވިއެވެ.
ޓްރަމްޕްގެ މައްޗަށް ހަތަރު ދައުވާއެއް އުފުލަން ވަކީލު ސްމިތު ނިންމެވި ކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި ޓްރަމްޕާ ދެކޮޅަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކިތައް ހުރި ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.