ހަމާސްގެ މަހުމާންދާރީގައި ތިބި ޒަޔަނިސްޓުންގެ ތެރޭން މިއަދު ދޫކޮށްލާ ހަނގުރާމައިގެ އަސީރުން ރެޑްކްރޮސްއާ ޙަވާލުކޮށްފިއެވެ. މިމީހުން ރެޑްކްރޮސްއިން ދެން ހަވާލު ކުރާނީ ޒަޔަނިސްޓުންގެ ސިފައިންނާއެވެ. އެއަށްފަހު އެމީހުން ހެލިކޮޕްޓަރުގައި ޒަޔަނިސްޓުން ވެރިކަން ކުޜާ ސަރަހައްދަށް އުފުލާނެއެވެ.
ޒަޔަނިސްޓުން ވެސް ވަނީ ވަގަށް ނަގާފައިވާ ފަލަސްޠީނު މީޙުންގެ ތެރޭން މިއަދު ދޫކޮށްލާ 150 މީހުން މިނިވަން ކުރަން ގެންދިއުމުގެ ތައްޔާރީތައް ފަށާފައެވެ.
ރޭ ހަތަރުދަމު ޖަލުތަކުގައި ޒަޔަނިސްޓުން ތިބީ ފަލަސްތީނު މީހުން ތަކުބީރު ކިޔައި ހަދައިފާނެތީ އެކަން ހުއްޓުވުމަށް ފާރަވެރި ވެގެންނެވެ.
ޒަޔަނިސްޓުން އަންގާފައި ވަނީ ފަލަސްޠީނު މީހުން މިނިވަން ކޮށްލާއިރު ތަކުބީރު ކިޔައި އުފާ ފާޅުކޮށް ނުހެދުމަށެވެ. ޒަޔަނިސްޓު ސިފައިން ވަނީ ވަގަށް ނަގާފައިވާ މީހުންގެ ތެރޭން މިނިވަން ކުރާ 3 މީހެއްގެ ގެއަށް ރޭ ރެއިޑް ކޮށްފައެވެ.
އެމީހުން ދިޔައީ އެމީހުންގެ ދަރިން މިނިވަންވާތީ ކައްކައި ތައްޔާރު ކުރަމުންނެވެ. އާންމުކޮށް މިނިވަން ކުރާ މީހުން، ގެއަށް އައުމާއެކު ހިސާބު މީޙުން އެއްވެ ތަކުބީރު ކިޔައި އުފާފާޅުކޮށް ކައި ހަދައެވެ. އެކަން މިފަހަރު ނުކުރުމަށް ޒަޔަނިސްޓު ސަރުކާރުން ވަނީ އަންގާފައެވެ. އެކަމުގެ ސަބަބެއް ކަމަށްވަނީ ތަކުބީރު ކިޔުމުން ޔަހުދީންގެ ހިތަށް ބިރުވެރިކަން ވަންނާތީއެވެ.
މިފަހަރު ފަލަސްޠީނު މީހުން ޖަލުން ނެރެގެން ޣައްޒާއަށް ނޫނީ ހުޅަނގު އައްސޭރިއަށް ގެންދާނީ އެތެރެ ނުފެންނަ ވޭންތަކުގައެވެ.