ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދުވަސް 2024 އާއި ގުޅިގެން ރާއްޖޭގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުނު "ވިޝަންސް އޮފް ދަ ފިއުޗާ" އާޓް މުބާރާތުގެ ކުރެހުންތައް 25 ޖެނުއަރީ 2025 ގައި ނެޝަނަލް އާޓް ގެލެރީގައި އާންމުންނަށް ދައްކާލަން ނިންމައިފިއެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދުވަސް 2024 ގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ "މާދަމާގެ ތަސައްވަރު: ބްރޯޑްކާސްޓިންގގެ މުސްތަޤުބަލު ބައްޓަންކުރުން" މި ޝިއާރުގެ ދަށުންނެވެ. މި މައުރަޒުގައި ތިން މައިގަނޑު ޝިއާރެއްގެ ދަށުން ކުރެހުންތައް ހިމެނޭނެއެވެ. އެއީ މީޑިއާގެ ތަރައްޤީއާއި ކުރިއެރުން ދައްކުވައިދޭ "ދަ އިވޮލިއުޝަން އޮފް މީޑިއާ"، ދިވެހި ސަގާފަތާއި އާދަކާދަ ދެމެހެއްޓުމުގައި މީޑިއާގެ ދައުރު ދައްކުވައިދޭ "ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗާ"، އަދި ޚަބަރު ފެތުރުމުގައި މީޑިއާގެ ދައުރު ދައްކުވައިދޭ "ބްރޭކިން ނިއުސް" އެވެ.
މުބާރާތުގައި 6 އަހަރާއި 16 އަހަރާ ދެމެދުގެ ތިން އުމުރުފުރައެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. މައުރަޒު ހުޅުވާލެވިފައިވަނީ 25 ޖެނުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ރޭ 8:00 އިން 10:00 އަށް ނެޝަނަލް އާޓް ގެލެރީގައެވެ.