ބަރަބޮލަކީ ރާއްޖޭގެ ދަނޑުތަކުން ލިބޭ ފައިދާ ހުރި ތަރުކާރީއެކެވެ. އަދި މައްސާގު ފަތަކީވެސް ރާއްޖޭގައި ފަސޭހައިން ހެދޭ، ފައިދާހުރި ފަތްޕިލާވެލީގެ ބާވަތެކެވެ. އެގޮތުން މި ދެ ބާވަރުގައިވެސް ވިޓަމިން އޭ ގިނަ އަދަދަކަށް ހިމެނެއެވެ. ވިޓަމިން އޭ އަކީ ކުޑަ ދަރިފުޅުގެ ލޮލުގެ ފެނުމަށް މުހިންމު، އަދި ދިފާއީ ނިޒާމް ވަރުގަދަކޮށްދީ، ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވާ މާއްދާއެކެވެ.
މި ފަދަ ބާވަތްތައް ހިމަނައިގެން އަޅުގަނޑުމެންގެ ޅަދަރިންގެ ކެއުން ބައްޓަން ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން މިހަފްތާގެ ރަހައިގައި މި ބަލާލަނީ "ބަރަބޮލާއި މައްސާގު ފަތް، ޕިއުރީ" ތައްޔާރު ކުރާނެ ގޮތަށެވެ.
ބޭނުންވާ ތަކެތި
· 150 ގ ބަރަބޯ (ތޮށިމެށުމަށްފަހު ކުދިކޮށް ކޮށާފައި)
· 2 ރަތް މައްސާގު ފަތް( ބޮޑު)
· ފެން
ތައްޔާރުކުރާނެ ގޮތް
އެއް މިނެޓް ވަންދެން ފަތްތައް އާވިން ކައްކާލާށެވެ. އަދި ބަރަބޯކޮޅު މަޑުވަންދެން އާވިން ކައްކާލާށެވެ. އެއަށްފަހު 2 މޭޒުމަތީ ސަމުސާގެ ފެން އެޅުމަށް ފަހު، އޮލަ ޕިއުރީ އަކަށް ވަންދެން ބްލެންޑް ކޮށްލާށެވެ.
މި ރެސިޕީއިން ލިއްބައިދެނީ
· ހަކަތަ-41ކލ
· ވިޓަމިން އޭ - 649.22 މކގ
· ދަގަނޑުގެ ބައި- 1.4 މގ
· ވިޓަމިން ސީ- 16.5 މގ
https://sarukaaru.gov.mv/articles/6749