ށ. އަތޮޅު ކައުންސިލުން އެއަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމުގެ މަޝްރޫޢު ފަށައިފިއެވެ.

އެ ރަށު ކައުންސިލުން ވަނީ މި މަޝްރޫއަށް 450,120 ރުފިޔާ ޚަރަދުކޮށްގެން ގޮއިދޫގައި 1000 އަކަފޫޓުގެ 2 އޮޓޯޕޮޓް ގްރީންހައުސް ފާމް ޤާއިމްކުރުމަަށް ނިންމާފައެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ތަޢާރަފްކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުޤުވެރިކުރުވުމެވެ.

ޕްރައިމް ފާރޓިލައިޒަރސް މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ފާމްތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ގޮއިދޫ ކައުންސިލުންނެވެ. މި މަޝްރޫޢުގެ ކާމިޔާބީއަށް ބަލައި، އަތޮޅުގެ އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫޢުތައް ފެށުމަށް ވަނީ ރޭވިފައެވެ.

ކައުންސިލުގެ އަމާޒަކީ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، ކާނާއަށް ބޭރު ޤައުމުތަކަށް ބަރޯސާ ވާ މިންވަރު ކުޑަކޮށް ރައްކާތެރި ކާބޯތަކެތި ދަނޑު ފަނގު ތަކުން ލިބިގެން ދިއުމެވެ.