މެދުރާސްތާގެ އަޑަށް ވުރެން ބާރަށް ދަތުރުކުރާ ރަޝިޔާގެ އޮރެޝްނިކް ބެލިސްޓިކް މިސައިލްތަކުގައި ޖަހާފައިވާ ބޮލަކީ، އިރުގެ ހޫނުކަމާ އެއްވަރުގެ ހޫނެއް ފޯރުވައިދޭ ހަތިޔާރެއް ކަމަށް ރަޝިޔާ ލީޑަރު ވިދާޅުވެއެވެ.

"މުޅި ދުނިޔޭގައި ދައްކަނީ އޮރެޝްނިކް މިސައިލްގެ ވާހަކަ. މި ވޯހެޑްގެ ހުންނު ކަން އިރުގެ ހޫނުކަމާ އެއްވަރު ވާނެ" ފޯރަމް އޮފް ފިއުޗާ ޓެކްނޮލޮޖީސްގެ ޕްލެނަރީ ސެޝަންގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވި އެވެ.

ރަޝިޔާއިން މި ނިޒާމު ތަރައްގީ ކުރަމުން ގޮސްފައި ވަނީ 1980 ގެ އަހަރުތަކުން ފެށިގެން ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިޔާއިން ވަނީ ބޮލެއް ހަރުކުރުމަކާ ނުލައި މީގެ މިސައިލްތަކަކުން ޔުކްރެއިންއަށް ބިއްރު ދައްކަވައި ނަތީޖާ ދައްކަވާފައެވެ.