މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީ.އެމް.ޑީ) އަލްފާޟިލް މުޙައްމަދު ޖަމްޝީދު އަދި އެ ބޭފުޅާގެ ޓީމުން މިއަދު ދ. މާއެނބޫދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ރަށުގައި ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރެވުނެވެ.

އެމް.ޓީ.ސީ.ސީގެ ޑީ.އެމް.ޑީ އަލްފާޟިލް މުޙައްމަދު ޖަމްޝީދު ވިދާޅުވީ، "ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރަށު ކައުންސިލްތަކާއެކު ގާތުން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް. މިފަދަ ބައްދަލުވުންތަކުން ރައްޔިތުންގެ ބޭނުންތަކާއި އިސްކަންދޭ ކަންކަން ދެނެގަނެވި، އެއާ އެއްގޮތަށް މަސައްކަތްތައް ރޭވުމަށް ފަސޭހަވެގެންދޭ."