މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީ.އެމް.ޑީ) އަލްފާޟިލް މުޙައްމަދު ޖަމްޝީދު އަދި އެ ބޭފުޅުންގެ ޓީމުން މިއަދު ދ. މީދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ދ. މީދޫ ކައުންސިލް އިދާރާގައެވެ.މި ބައްދަލުވުމުގައި، އެމް.ޓީ.ސީ.ސީ އިން ދ. މީދޫގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރެވުނެވެ. އަދި މި މަޝްރޫޢުތަކުގެ ކުރިއެރުމާއި، ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އެމް.ޓީ.ސީ.ސީގެ ޑީ.އެމް.ޑީ، އަލްފާޟިލް މުޙައްމަދު ޖަމްޝީދު ވިދާޅުވީ، "އަޅުގަނޑުމެންގެ އަމާޒަކީ ދ. މީދޫގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް މި މަޝްރޫޢުތައް ނިންމުން. ކައުންސިލާއެކު މިފަދަ ބައްދަލުވުންތައް ބޭއްވުމަކީ މަޝްރޫޢުތައް އަވަސްކުރުމަށާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ވަރަށް މުހިންމު ކަމެއް."