ޑެންމާކުގެ ދަށުގައި އޮންނަ ގްރީންލޭންޑްގެ ބޮޑުވަޒީރު ވިދާޅުވަނީ، އަމިއްލައަށް މުސްތަގްބަލެއް ބޭނުންވާ ކަމަށެވެ. އަދި އެމެރިކާގެ ބަޔަކަށްވެސް ވާން ބޭނުން ނުވާ ކަމަށެވެ.
ހޯމަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޓްރަމްޕް ވަނީ ޕެނަމާ ކެނަލް އާއި ގްރީންލޭންޑް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް އަސްކަރީ ބާރު ބޭނުން ކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް އިންޒާރު ދެއްވާފައެވެ.