ރޭ ފަތިހު ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެފަރާތުގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 04:20 ހާއިރު ކަމަށެވެ.
އަދި މައުލޫމާތު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ކޮންޓްރޯލްކުރެވުނީ ފަތިހު 05:27 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 06:00 ހާއިރު ކަމަށެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ އިރު، އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.