މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރުފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން މިހެން ވިދާޅުވެފައިވަނީ އިއްޔެ އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެގޮތުން މިއަދު މެންދުރުފަހު 14:00 ން 16:00 އަށް، މާލެ ސިޓީ، ނިކަގަސް މަގު، ގުމްރީ ގޯޅި އަދި ޗާންދަނީ މަގު ހިމެނޭ ސަރަހައްދުން ކަރަންޓް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.
މީގެއިތުރުން އެކުންފުނިން ވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މި މަސައްކަތްތަކުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.