މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) ގެ ކޮންސަލްޓަންޓެއްގެ ގޮތުގައި، 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މަތީ ފެންވަރުގެ ޑިޖިޓަލް މާކެޓިންގ މާހިރެއް ކަމަށްވާ ސާރާ މަތީސް ހަމަޖައްސައިފި އެވެ.

“އިންސައިޓް-ސައިކްލޮޕީޑިއާ” ގެ ނަމުން މަޝްހޫރު ސާރާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ކުންފުނި ޓެސްލާ، ކޮކާކޯލާ، ޖަޕާން އެއާލައިންސް، އަދި ސިންގަޕޫރު އެއާލައިންސް ފަދަ ދުނިޔޭގެ ބްރޭންޑްތައް މާކެޓް ކުރުމުގައި މަސައްކަތް ކޮށްފައެވެ.

މަޝްހޫރު "ޓްރިޕެޑްވައިޒަރ" ގައި ދިހަ އަހަރު ވަންދެން ހޭދަކުރި ދުވަސްވަރު ބިގް ޑޭޓާ އެނަލިޓިކްސް އަށް މާސްޓަރ ކޮށް، މުޅި އޭޝިއާ ޕެސިފިކްގައި އަސަރުގަދަ މާކެޓިން ސްޓްރެޓެޖީތައް އޭނާ ބައްޓަން ކުރި އެވެ. އަދި ޑިޖިޓަލް މާކެޓިންގެ ބޫޓް ކޭމްޕެއް ކަމަށްވާ ޑެސްޓިނޭޝަން އެކަޑަމީގެ އިސްވެރިއަކަށް ސާރާ ވަނީ ހޮންކޮންގް ޓޫރިޒަމް ބޯޑާއި ވިޒިޓް ފްލެންޑާސް ބެލްޖިއަމް ޓޫރިޒަމް ފަދަ މަޝްހޫރު ޓޫރިޒަމް ބޯޑުތަކުގައި ވެސް ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކޮށްފައެވެ.

ޕާޓާގެ އެންމެ ޒުވާން އަންހެން ޗެއާ އަދި ޑައިވަރސިޓީ، އިކުއިޓީ، އަދި ޒިންމާދާރު ދަތުރުފަތުރުގެ ވަރުގަދަ ވަކާލާތުކުރާ މީހެއްގެ ގޮތުގައި ސާރާ އިސްކަންދެނީ ދެމެހެއްޓެނިވި ފަތުރުވެރިކަމާއި މުޖުތަމައު ބާރުވެރިކުރުމަށެވެ. ދުނިޔޭގެ މަގަބޫލް ޗެނަލްތައް ކަމަށްވާ ސީއެންއެން، ޔޫއެންޑަބްލިޔުޓީއޯ، އަދި ބީބީސީފަދަ ޕްލެޓްފޯމްތަކުގައި އޭނާގެ ތަޖުރިބާ ދައްކާލާފައިވާއިރު، އިނޮވޭޝަން އަދި ސްޓްރެޓެޖީގެ ދާއިރާއިން ލީޑަރެއްގެ ގޮތުގައި އޭނާގެ އަގު މި ދާއިރާގައި ވަރަށް ވަރުގަދައެވެ.