މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ގުރްއާން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދުވާފަރު ކައުންސިލުން ބުނެފިއެވެ.
ދުވާފަރު ކައުންސިލުން މިހެން ބުނެފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައެވެ.
މީގެއިތުރުން އެ އިއުލާނުގައި ދުވާފަރު ކައުންސިލުން ބުނެފައިވަނީ އެ ކައުންސިލް އިން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ގުރްއާން ތަމްރީން ޕްރޮގްރާމްގައި ސްކޫލް ނިމިފައިވާ ބޭފުޅުންނާއި އަދި 18 އަހަރުން މަތީ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.
އަދި މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ބޭފުޅުން މިއަދު 14:00 ގެ ކުރިން ދުވާފަރު ކައުންސިލް އަށް ވަޑައިގެން ނަން ނޯޓް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
މި ކަމާ ގުޅިގެން ދުވާފަރު ކައުންސިލުން ބުނީ ދުވާފަރުގައި އަބަދުވެސް ދޭތެރެއަކުން މިފަދަ ޕްރޮގްރާމް ދޭތެރެއަކުން އެ ކައުންސިލުން ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މި ގުރްއާން ތަމްރީން ޕްރޮގްރާމަކީ އާންމުކޮށް ހުޅުވާލި ފުރަތަމަ ފަހަރު ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.