އައްޑޫ ސިޓީގެ ހަންކެޑެ ޑީޓުއަރ ލިންކް ރޯޑް ނުވަތަ ހަންކެޑެ ބުރިޖު، އަންނަ ހޮނިހިރު ދުވަހު އާންމުންގެ ބޭނުމަށް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް އިމާރާތްކުރުމުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.

މި މަޝްރޫޢަކީ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. މި މަޝްރޫޢު ފަންޑުކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުމާއި މަގުތައް ހެދުމުގެ މަސައްކަތް 2021 ވަނަ އަހަރު އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރެވުނެވެ. މި މަސައްކަތަށް 1.1 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވުނެވެ.

ހަންކެޑެ ބުރިޖުގެ މަސައްކަތް ފެށުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ބުރިޖަކީ 1.4 ކިލޯމީޓަރުގެ ދިގުމިނުގެ، 4 ލޭނަށް ތަރައްޤީކުރެވުނު ބުރިޖެކެވެ. މި ބުރިޖުން ގުޅުވައިދެނީ އައްޑޫ ހިތަދޫއާއި މަރަދޫއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.

އިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މަގު އާންމުންނަށް ހުޅުވާލުން ލަސްވެފައިވަނީ އިތުރު ޓެކްނިކަލް ސަރވޭތަކެއް ކުރަން ޖެހުމުގެ ސަބަބުންނެވެ. މި ލަސްވުމާ ގުޅިގެން ސިޓީ ކައުންސިލާއި ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މުޅި މަޝްރޫޢަށް ޖުމްލަ 1.19 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ވެއެވެ. ހަންކެޑެ ބުރިޖު ހުޅުވާލުމާއެކު، މިހާރު ހަންކެޑެ ހުރަސްކުރުމަށް ބޭނުންކުރާ ލިންކް ރޯޑުގެ އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.