ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އަކީ 2000 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ (އެސްޓީއޯ) ފުރިހަމަ މިލްކިއްޔާތުގައިވާ ސަބްސިޑިއަރީއެކެވެ. ކުންފުނި އުފެދިފައިވަނީ ދިވެހިރާއްޖޭގައި ތެލުގެ ޚިދުމަތް ހަރުދަނާކޮށް، ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މައިގަނޑު މަޤްޞަދުގައެވެ.
އެފްއެސްއެމް އުފެދުމުގެ ކުރިން، ރާއްޖެއަށް ތެޔޮ އިމްޕޯޓްކުރާ މައި ފަރާތްކަމުގައިވާ އެސްޓީއޯއިން ތެޔޮ ވިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެފްއެސްއެމް އުފެއްދުމުގެ މަޤްޞަދަކީ ރާއްޖޭގައި ތެޔޮ ވިއްކުމަށް ޚާއްޞަ ކުންފުންޏެއް ޤާއިމްކުރުމެވެ.
ކުންފުނި އުފެދުނީއްސުރެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބޭނުންތަކަށް ޚިދުމަތް ދިނުމަށްޓަކައި ވަރުގަދަ ޑިސްޓްރިބިއުޝަން އިންފްރާސްޓްރަކްޗަރއެއް ޤާއިމްކޮށް، ތެޔޮ ވިއްކުމުގެ ފުޅާ ނެޓްވޯކެއް ބިނާކޮށް، އެންމެންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދީފައިވެއެވެ. އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމާއެކު، އެފްއެސްއެމްއިން ވަނީ ރާއްޖޭގައި ތެޔޮ ޑެލިވަރކޮށް، ގެންގުޅޭ ގޮތް އިންޤިލާބީ ގޮތަކަށް ބަދަލުކޮށް، ދާއިރާގެ އެހެން ފަރާތްތަކަށް މިސާލީ މިންގަނޑުތަކެއް ކަނޑައަޅައިދީފައެވެ.
އެފްއެސްއެމްއިން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ތަޢާރަފުކޮށްގެން ޑެލިވަރީ ނިޒާމުގެ ހަރުދަނާކަން އިތުރުކުރުމުގެ ގޮތްތައް ދިރާސާކޮށް ތަންފީޒުކުރަމުންނެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ކަސްޓަމަރުންގެ އަބަދުވެސް އުންމީދުތައް ފުއްދުމަށް ޤާބިލުކަން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރަމުން ގެންދެއެވެ.
އެފްއެސްއެމްގައި ޓީމްވޯކްގެ މުހިންމުކަމާއި، ހަރުދަނާކަމުން އިޤްތިޞާދީ ޙަރަކާތްތަކަށާއި ޤައުމީ ތަރައްޤީއަށް ކުރާނެ އަސަރު ފުރިހަމައަށް ދެނެގަނެއެވެ. އުފެއްދުންތަކުގެ ޠަބީޢަތުން، ޙަރަކާތްތަކުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ރައްކާތެރިކަމުގެ މަތީ މިންގަނޑުތަކާއި އެންމެ ރަނގަޅު އުސޫލުތައް ދެމެހެއްޓުމުގެ މުހިންމުކަން ފުރިހަމައަށް ޤަބޫލުކުރެއެވެ.
މި ކުންފުނަޏަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ - 99.99% އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް - 0.01%
ފިއުލްސަޕްލައި މޯލްޑިވްސްއަކީ، އަމިއްލައަށް މިންގަނޑުތަކެއް ކަނޑައަޅައި، ވިޔަފާރީގެ ދާއިރާގެ އެހެން ފަރާތްތަކަށް ނަމޫނާ ދެއްކުން.އުފެއްދުންތަކުގެ ފެންވަރާއި އިތުބާރު ކަށަވަރުކޮށް، ވިޔަފާރީގެ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން.ފެންވަރު، ޚިދުމަތް އަދި އިތުބާރާމެދު އެއްވެސް މަޞްލަޙަތެއް ދޫކޮށްނުލުން.ކަސްޓަމަރުންނަށް އަގުދީ، އެކުވެރި މާޙައުލެއްގައި އަވަސް އަދި ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދިނުން.ޓެކްނޮލޮޖީ އާއި ހަރަކާތްތެރި މަސައްކަތުގެ އަޚްލާޤު އެކުގައި ބޭނުންކޮށްގެން ކަސްޓަމަރުންގެ ބޭނުންތައް ފުއްދައި، ސްޓޭކްހޯލްޑަރުންގެ މަޞްލަޙަތު ކުރިއެރުވުން.ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުން.މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކަސްޓަމަރުންނާއި މުޖުތަމަޢުއަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށް މަތީ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުން.ވިޔަފާރީގެ ހުރިހާ މުޢާމަލާތްތަކެއްގައިވެސް ހާމަކަން ބޮޑުކޮށް، ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.މުވައްޒަފުންގެ ފިކުރީ ޤާބިލުކަން އިތުރުކޮށް، ހުނަރާއި ކުޅަދާނަކަން ތަރައްޤީކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.
ކުންފުނީގެ ތަސައްވުރަކީ، ތެލާއި އެއާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މާކެޓް ލީޑަރަކަށްވެ، އެންމެ މަތީ ބައިނަލްއަޤްވާމީ ސަލާމަތީ މިންގަނޑުތަކާއި ސިނާޢަތުގެ ޚިދުމަތްތަކުގެ ފެންވަރު ޔަޤީންކުރުމާއެކު، ޤައުމީ ތަރައްޤީއަށް ޙިއްސާކޮށްދޭ ފަރާތަކަށްވުން. އަދި މިޝަންއަކީ
އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ މަގު ތަނަވަސްކޮށްދިނުން.އެންމެ ރަނގަޅު ފެންވަރުގެ ތެލާއި ގުޅުންހުރި ޚިދުމަތްތައް ވާދަވެރި އަގުތަކެއްގައި ފޯރުކޮށްދިނުން.ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުން.މުޖުތަމަޢުގެ މަސްލަހަތު ރައްކާތެރިކުރުން.އަޅުގަނޑުމެންގެ އެންމެހާ ސްޓޭކްހޯލްޑަރުންގެ މަސްލަހަތު ހިމާޔަތްކުރުން.