ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ ކުރިމަގަށް ވިސްނާ ޤައުމެއް ބިނާކުރައްވަމުން ގެންދަވާ ލީޑަރެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިހެން ވިދާޅުވެފައިވަނީ އިއްޔެ އޭނާގެ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ފަހުމީ ފާހަގަކުރައްވާފައިވަނީ ޑޮކްޓަރ މުޢިއްޒަކީ ދިވެހިރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގައި ޒުވާނުންގެ އަގުހުރި ހިއްސާ ފާހަގަކުރައްވާ ބޭފުޅެއްކަމަށެވެ.
"އިންކްލޫސިވް ތަރައްޤީއަށް ފުން އިލްތިޒާމަކާއެކު، އެ ބޭފުޅާ ޒުވާނުންގެ ކަންބޮޑުވުންތަކާއި އުއްމީދުތަކަށް ހަރުދަނާކަމާއެކު އަޑުއައްސަވައި، ޤައުމީ ސިޔާސަތުތަކުގައި އެމީހުންގެ އަޑު ހިމެނިފައިވާކަން ކަށަވަރުކުރައްވައެވެ،" ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން، ފަހުމީ ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވައި، އީޖާދީ، ދެމެހެއްޓެނިވި އަދި ކުރިއެރުމަށް އިސްކަންދޭ ވަރުގަދަ، ކުރިމަގަށް ވިސްނާ ޤައުމެއް ބިނާކުރައްވަމުން ގެންދަވައެވެ.
ސްޓެލްކޯގެ އެމް.ޑީގެ މި ބަސްފުޅުތަކުން ފާހަގަވަނީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ޒުވާނުންނަށް ދެއްވާ އަހައްމިއްޔަތުކަމާއި، ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރައްވާ މަސައްކަތްޕުޅުތަކެވެ.
https://x.com/hussainfahmy09/status/1885245377890160834?s=48&t=vUmPpZ9DZR-BknBgYwFiTw