މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށާއި، އޮންލައިކޮށް ޓިކެޓުގެ އަގުބަލާއިރު އަގުބޮޑުކޮށް ފެންނަނީ ބުކިންގ ސިސްޓަމަށް ދިމާވި މައްސަލައަކުން ކަމަށް އެކުންފުނިން ދޮގުކޮށްފިއެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތައް މޯލްޑިވިއަނުން ބޮޑުކޮށްފިކަމަށް ބުނެ ވަރަށް ގިނަަ މީހުން މިއަދު ވަނީ ސޯޝިއަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނުގައި ބުނީ، މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ކަސްޓަމަރުންނަށް އަގު ބޮޑުކޮށް އޮންލައިންކޮށް ފެންނަނީ ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މޯލްޑިވިއަންއިން ބުނީ މިމައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ.