ކ.ގުރައިދޫއަށް ޕޯސްޓްގެ ހިދުމަތް ދޭނެ އެޖެންޓެއް ހޯދަން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އިއުލާން ކޮށްފިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މި އިއުލާނު ކޮށްފައިވަނީ ދިވެހި ސަރުކާރުގެޒެޓްގައެވެ.
އެ އިއުލާނުގައިވާގޮތުގައި ގުރައިދޫ އެޖެންޓްގެ މަސައްކަތްތަކަކީ، ޕޯސްޓުގެ ހިދުމަތް ދިނުމާއި ޑެލިވަރީގެ ހިދުމަތް ދިމުގެ އިތުރުން އޭޖެންސީއަށް ލިބޭ މެއިލް ރައްކާތެރިކަމާއެކު މާލެއަށް ފޮނުވުމެވެ.
އަދި އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ ޝައުގުވެރިކަން ހުރި އަމިއްލަ ފަރާތަކަށް ވުމާއި ނުވަތަ ވިޔަފާރި ކުރާ އަދި ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތަކަށްވުމުގެ އިތުރުން ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްއިއްޔާ، ކައުންސިލް ފަދަ އިދާރާތަކުގައި އުޅެފައި ހުރުމެވެ.
މީގެއިތުރުން މި ކަމަށް ޝައުގުވެރިވާ ފަރާތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި
- އަމިއްލަ ފަރާތެއް ނަމަ: އައި.ޑީ ކާރޑް ކޮޕީ އާއި ވަނަވަރު
- ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑް ގަ ހުށަހެޅުއްވުން
- ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ
- ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ
- އަދި ހިދުމަތް ދިނުމަށް ކަނޑައަޅާ ތަނުގެ ތަފްސީލާއި ފޮޓޯ ހިމެނެއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ މި ކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި މަހު 10 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ނުވަތަ އީމެއިލުން ފޮނުވުމަށް އެދިފައެވެ. އަދި ސިޓީ ފޮނުއްވާނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ހ.ޓޫ ސްޓާރ– 4 ވަނަ ފަންގިފިލާއަށް – ނުވަތަ [email protected] ނުވަތަ [email protected] އީމެއިލް ކުރެއްވުމަށްވެސް ޕޯސްޓް އޮފީހުން ވަނީ އެދިފައެވެ.
މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އާ ގުޅުއްވުމުން އިތުރު މައުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.