މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު އދ. ގެ ވިޔަފާރިއާއި ތަރައްޤީއާބެހޭ ޖަމްޢިއްޔާ (އަންކްޓާޑް) އާ ގުޅިގެން ޓްރެއިންފޯޓްރޭޑް ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމްގެ މިހާރުގެ އަދި ކުރިމަގުގެ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމަށް ކޯޗިންގ ވޯކްޝޮޕެއް ފަށައިފިއެވެ.

މާގިރި ހޮޓަލުގައި ފެށުނު މި ވޯކްޝޮޕް ކުރިއަށްދާނީ 2 ފެބްރުއަރީ އިން 5 ފެބްރުއަރީ 2025 އަށެވެ. މި ވޯކްޝޮޕްގައި އެމްޕީއެލްގެ އިތުރުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ފަދަ މުއައްސަސާތަކުން ބައިވެރިން ބައިވެރިވެއެވެ.

މީގެ އިތުރުން، އަންކްޓާޑާ ގުޅިގެން ކުރިއަށްގެންދާ ޕޯޓް މެނޭޖްމަންޓް ކޯހުގެ ތިންވަނަ ސައިކަލްގެ ހަތަރުވަނަ މޮޑިއުލްވެސް މިއަދު ފެށިފައިވާކަމަށް އެމްޕީއެލްއިން ހާމަކޮށްފައިވެއެވެ.