ބޮލީވްޑް ލެޖަންޑް އަމީތާބް ބައްޗަން އަށް ބައިނަލްއަގުވާމީ އެވޯޑެއް ދިނުމަށް ހަމަ ޖެހިއްޖެއެވެ.

އިންޓަރނޭޝަންލް ފެޑެރޭޝަން އޮފް ފިލްމް އާކައިވް (އެފްއައިއޭއެފް) އިން މި އެވޯޑް އަމީތާބަށް ދެނީ މި އެކްޓަރު ފިލްމީ ތަރިކަ ދެމެހެއްޓުމަށްޓަކައި ކުރާ ޚިދުމަތަށްޓަކައެވެ. އުމުރުން 78 އަހަރުގެ މި އެކްޓަރަކީ އިންޑިއާގައި މި އެވޯޑް ލިބޭ ފުރަތަމަ ފަރާތެވެ.

އަމީތާބަށް މި އެވޯޑް ހަވާލުކުރަނީ ހޮލީވުޑްގައިވެސް މި އެވޯޑް ހާސިލް ކޮށްފައިވާ ދެ ތަރިންކަމަށްވާ މާޓިން ސްކޮރެސް އާއި ކްރިސްޓޮފަރ ނޯލަން އެވެ.

މި އެވޯޑް ހަވާލުކުރުން ހަމަޖެހިފައިވަނީ 19 މާރިޗް 2021 ގައި ވާރޗްވަލް ކޮށް އޮންނަ ހަފުލާއެއްގައެވެ. އެފްއައިއޭއެފް އިން މި އެވޯރޑް ދެމުންގެންދާތާ މިއީ 20 ވަނަ އަހަރެވެ.

މި އެވޯޑް ދޭތާ 20 އަހަރު ފުރުން ފާހަގަ ކުރާއިރު އަމީތާބަށް މި އެވޯޑް ދިނުމަށް ނިންމީ އޭނާ އަކީ ހުނަރުވެރި، މޮޅު އަދި ފިލްމީ ތަރިކައިގެ މުހިއްމުކަން އެނގި، އެ ތަރިކަ ރައްކާތެރިކުރުމަށް މަސައްކތަކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެކްޓަރަކަށް ވާތީ ކަމަށް އެފް އައި އެފް ގެ ރައީސް ފްރެޑިކް މައިރީ ހާމަ ކުރެއްވި އެވެ.

އަމީތާބް ބައްޗަންގެ ނަން މި އެވޯޑަށް ހުށަ އެޅީ އެފްއައިއެފް ގެ ހިއްސާ އޮންނަ ފިލްމު ހެރިޓޭޖް ފައުންޑޭޝަނުންނެވެ.