މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު / އުޑުވިލާގެ، ޢަލީ ހަސަން (34އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހެންވޭރު، ރޯޝަނީ ގޯޅިން މިއަދު ފުލުހުން ޕެޓްރޯލުކުރަމުންދިޔަ އިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.

އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 44 ރަބަރު ޕެކެޓާއި ދެ މޯބައިލް ފޯނުގެ އިތުރުން ފައިސާ ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.