ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް، އެ ކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފިއެވެ.
މެޓުން މި ކަމަށް އިލްތިމާސް ކޮށްފައިވަނީ ރާއްޖޭގެ މިއަދުގެ މޫސުން ލަފާކުރައްވާ އެ އިދާރާއިގެ ވައިބަރ ގުރޫޕްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި މެޓުން އިތުރަށް ބުނީ ރާއްޖެތެރޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.
އަދި އިރު އުތުރާއި އިރުން، ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭ ކަމަށާއި ކަމަށްވެސް މެޓުން ބުންޏެވެ.
އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓުން ބުނެފައިވެއެވެ.