ހުޅުލެ އައިލެންޑް ހޮޓަލާ ދިމާލު، ހުޅުލެ ފަޅުތެރެއަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އިއްޔެ އެޅިއްޖެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 15:20 ހާއިރުކަމަށް އެމްޑީއެފުން ހާމަކުރައްވައެވެ.
ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ އެ ސަރަހައްދަށް ގޮސް ފަޅުތެރެއަށް އެޅިފައިވާ ތެޔޮތައް ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ.
ކަޅުތެޔޮތައް ނަގައި ނިމުނުކަން އަދި އެމްޑީއެފުން ވިދާޅެއް ނުވެއެވެ.