އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބައިވެރިވެއްޖެއެވެ.
އާރްޑީސީން ވަނީ މިކަން ހާމަކޮށް އެކްސްގައި އިއްޔެ ޕޯސްޓެއް ކޮށްފައެވެ.
އާރްޑީސީން ބުނީ ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި ގުޅިގެން ރޯދަމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި "ރޯދަ ސާފު" ހަރަކާތުގައި އެ ކޯޕަރޭޝަނުން ވަނީ އިއްޔެ ބައިވެރިވެފައިވާ ކަމަށެވެ.
"ރޯދަ ސާފު" ހަރަކާތުގައި އާރްޑީސީގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން މި ހަރަކާތުގައި، މިނިސްޓްރީ އޮފް ހެލްތާއި، އެމްޓީސީސީއާއި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ގޭހާއި، ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ޑިފެންސާއި، މޯލްޑިވްސް ޕޮލިހާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާއި، އާސަންދަ ކޮމްޕެނީ ލިމިޓެޑާއި، ސްޓެލްކޯއާއި، އެމްޑަބްލިޔޫއެސްސީއާއި، ވަޒީފާއާ ބެހޭ ޓްރެބިއުނަލާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހާއި، މީރާއާއި، ޓެކްސް އެޕީލް ޓްރަބިއުނަލާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ވެމްކޯއާއި އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާވެސް ހިމެނެއެވެ.
ޒަމާނުންސުރެވެސް ރޯދައަށް ގޯތިގެދޮރު ސާފުކޮށް، ގޯތިގެދޮރުގެ އާބާތުރަފިލުވުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ.