ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން ކ. ދިއްފުށި ސްކޫލަށް ފޮތް ހަދިޔާކޮށްފިއެވެ.
ކުތުބުހާނާއިން ބުނީ އެރަށަށް ހަދިޔާކޮށްފައިވަނީ ޖުމްލަ 93 ފޮތް ކަމަށެވެ.
ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން އަންނަނީ އެކިއެކި އިދާރާތަކަށާއި ސްކޫލުތަކަށް ފޮތް ހަދިޔާކުރަމުންނެވެ.
ސްކޫލުތަކަށް ފޮތްތައް ހަދިޔާކުރަނީ ސްކޫލްތަކުގެ ލައިބްރަރީ މުއްސަނދިކުރުމުގެ މަގުސަދުގައި ކަމަށް ދިވެހި ރާއްޖޭގެ ގައުމީ ކުތުބުހާނާއިން ވަނީ ބުނެފައެވެ.
މިއަހަރުގެ މިހާތަނަށް ގައުމީ ކުތުބުޚާނާއިން ވަނީ ޖުމްލަ 1،000 އަށްވުރެ ގިނަ ފޮތް އެކި ސްކޫލްތަކަށް ހަދިޔާ ކޮށްފައެވެ.
https://sarukaaru.gov.mv/articles/7174