ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯން ތަރައްގީ ކުރުމުގެ މަޝްރޫއުގެ %88 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިހެން ބުނީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އެކުންފުނިން އިތުރަށް ބުނެފައިވަނީ އެ މަޝްރޫޢުގެ ދަށުން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ %77 މަސައްކަތްވެސް ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ %96 މަސައްކަތް ނިމުމުގެ އިތުރުން ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ %65 ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.