ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ހިޒް އެކްސެލެންސީ ޔިޓާނަސް ނައުސިއެދާއާއި، ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޔިޓާނަސް ޕަލޫކަސްއާއި، އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ނައުސިއެދާ އާއި ބޮޑުވަޒީރު ޕަލޫކަސް އަށް ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ދެބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ލިތުއޭނިޔާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ލިތުއޭނިޔާގެ ރެސްޓޮރޭޝަން އޮފް ދަ ސްޓޭޓް ޑޭގެ ގޮތުގައި ފާހަގަ ކުރަނީ އެގައުމުގެ މިނިވަންކަމުގެ ގަރާރުގައި ސޮއިކުރި ދުވަހެވެ. އެއީ 1918 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހެވެ.