ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް މީސްތަކުންނަށް އިޙްސާންތެރިވުމަށް ވިޔަފާރިވެރިންނަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
ރޭ ކުރިއަށްދިޔަ "އަހާ ފޯރަމް" ގައި އާއްމުންގެ ތެރެއިން ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ވިޔަފާރީގެ ތެރޭގައި އިޙުސާންތެރިވުމާއި އަމާނާތްތެރިވުމަކީ މާތްﷲ ޢައްޒަވަޖައްލަ އެކަންކަމަށް ނުހަނު ލޯބިވެވޮޑިގަންނަވާ ކަމެއްކަމަށާއި މިގޮތުން މިކަންކަމަށް ނަސޭހަތްތެރިވުމާއި ޚުޠުބާތަކުގައި އެފަދަ ވާހަކަތައް ހިމެނާއި އިސްލާމީ ދާއިރާގައި އެކަންކަން ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ދިނުމެއް ދީނުގައި ނޯންނަކަމަށާއި ވިޔަފާރީގެ ކަންކަން ތަރުތީބުވެފައި އޮންނަން ޖެހޭނީ ދެ ފަރާތަށްވެސް އޭގެ މަސްލަހަތު އޮންނަ ގޮތަށްކަމަށެވެ.
https://sarukaaru.gov.mv/articles/7186