ނ.، ރ.، ބ.، އަދި ޅ. އަތޮޅު ހިމެނޭ ސަރަަހައްދުގެ ރަށެއްގައި، އާއިލާގެ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ދެ މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ރޭގެ ވަގުތެއްގައި މީޑިއާތަކަށް ފުލުހުން ކުރި މެސެއްޖެއްގައި ބުނެފައިވަނީ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއްގެ ރިޕޯޓު ލިބި ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށާއި އެ މައްސަަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.