"ރޯދަމަހަށް ފަރުވާތެރިވުން" ގެ ނަމުގައި ހާއްސަ މައުލޫމާތު ސެޝަންއެއް ސްޓެލްކޯއިން ބާއްވައިފިއެވެ.

ސްޓެލްކޯއިން އިއްޔެ ވަނީ މި ކަންހާމަކުރައްވާ އެކްސްގައި ޕޯސްޓެއްކުރައްވާފައެވެ.

އެ ޕޯސްޓްގައި ސްޓެލްކޯއިން އިތުރަށް ވިދާޅުވެފައިވަނީ މި ސެޝަނަކީ ރޯދަމަހަށް ތައްޔާރުވުމަށާއި، ދިނާއި މެދު ލޯބި އިތުރުކޮށް ނަމާދާއި، ރޯދައާއި ގުޅުންހުރި މައުލޫމާތު އެ ކުންފުނީގެ މުވައްޒަފުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށެވެ.

އަދި މިއީ އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ގެންދިޔަ ސެޝަނެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މީގެއިތުރުން ސްޓެލްކޯއިން ވިދާޅުވެފައިވަނީ މި ސެޝަނުން ރޯދައާއި، ނަމާދާއި ގުޅުންހުރި އަގުހުރި އެތަކެއް މައުލޫމާތެއް ލިބިގެންގޮސްފައިވާ ކަމަށެވެ.